ޕަބްލިކް ސަރވިސް މީޑިޔާއިން އުފައްދާ ޓީވީ ޕްރޮގްރާމްތަކުގެ ޕްރެޒެންޓަރުންގެ މޭކަޕް ކޮށް، ހެއަރ ސްޓައިލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން، ޕީއެސްއެމްގެ ތިން ޕްރޮގްރާމެއް ހުށަހަޅައިދޭ ޕްރެޒެންޓަރުންގެ މޭކަޕާއި ހެއަރ ސްޓަރއިލް ކުރަން ޕީއެސްއެމް އިން ބޭނުންވެއެވެ.
1- ފިލްމީ އުދަރެސް ޕްރޮގްރާމް (42 އެޕިސޯޑް)
ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު 18:00 ން 19:00 ނުވަތަ ބުދަ ދުވަހުގެ 19:00 ން 20:00 ގައި ޓީވީ ސްޓޭޝަންއަށް ޙާޟިރުވެ، އަމިއްލަތަކެތީގައި މޭކަޕްކޮށް، ހެއަރ ސްޓައިލް ކޮށްދިނުމަކީ މިކަމަށް ހޮވޭ މީހެއްގެ މަސައްކަތެވެ. އެގޮތުން ފިލްމީ އުދަރެސް ހުށަހަޅައިދޭ 1 އަންހެން ޕްރެޒެންޓަރގެ ފޭސް މޭކަޕްއާއި ހެއަރ ސްޓައިލިންގ ހެދުން، މި މަސައްކަތުގައި ހިމެނެއެވެ.
އެގޮތުން ކޮންމެ ޕްރޮގްރާމެއް ނަގަން ފެށުމުގެ ކުރިން މޭކަޕް އަދި ހެއަރ ސްޓައިލް ހަދައި ނިންމަންވާނެ ކަމަށާއި މިކަން ކުރުމަށް 30 މިނެޓާއި 45 މިނެޓްގެ ވަގުތު ލިބޭނެ ކަމާށް ޕީއެސްއެމްގެ އިއުލާނުގައި ވެއެވެ.
2- ސަމާލް ޕްރޮގްރާމް މޭކަޕް އާރޓިސްޓް: (13 ޕްރޮގްރާމް)
ކޮންމެ ހަފްތާއަކު 1 ދުވަހު ޝޫޓްކުރާ މި ޕްރޮގްރާމްގައި ފިރިހެން ޕްރެޒެންޓަރގެ މޭކަޕް ކުރަން ޖެހޭނެއެވެ.
އެގޮތުން، ކޮންމެ ޕްރޮގްރާމެއް ނަގަން ފެށުމުގެ ކުރިން މޭކަޕް އަދި ހެއަރ ސްޓައިލް ހަދައި ނިންމަންވާނެ ކަމަށާއި މިކަން ކުރުމަށް 30 މިނެޓާއި 45 މިނެޓްގެ ވަގުތު ލިބޭނެ ކަމަށް ޕީއެސްއެމްގެ އިއުލާނުގައި ވެއެވެ.
3- ހަފްތާނިންމުން ޕްރޮގްރާމް މޭކަޕް އާރޓިސްޓް: (13 ޕްރޮގްރާމް)
މި ޕްރޮގްރާމަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެރޭ ލައިވް ކުރާ ޕްރޮގްރާމެއް ކަމަށް ވުމާއެކު ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ 21:00 އަށް ޓީވީއެމަށް ހާޒިރުވެ، އަމިއްލަތަކެތީގައި މޭކަޕްކޮށް، ހެއަރ ސްޓައިލް ކުރުން މި ޕްރޮގްރާމްގައި ހިމެނެއެވެ. މި ޕްރޮގްރާމަށް މޭކަޕް ކޮށްދޭން ޖެހޭނީ ފިރިހެން އެއް ޕްރެޒެންޓަރާއި އަންހެން އެއް ޕްރެޒެންޓަރގެއެވެ.
ކޮންމެ ޕްރޮގްރާމެއް ނަގަން ފެށުމުގެ ކުރިން މޭކަޕް އަދި ހެއަރ ސްޓައިލް ހަދައި ނިންމަންވާނެ ކަމަށާއި މިކަން ކުރުމަށް 45 މިނެޓާއި 60 މިނެޓްގެ ވަގުތު ލިބޭނެ ކަމަށް ޕީއެސްއެމްގެ އިއުލާނުގައި ވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހަޅަން ޖެހޭނީ، 2021 ފެބްރުއަރީ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް