ކޮންމެ ދުވަހަކުވެސް ޑާކް ޗޮކްލެޓްގެ މިންވަރެއް ކެއުމުން ތިބާއަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭނެކަން އެނގޭ ހެއްޔެވެ؟
ޑާކް ޗޮކްލެޓް ކެއުމުގެ ސަބަބުން ތިމާއަށް ލިބޭ އުފާވެރިކަން އިތުރުވެ، ބަރުދަން ލުއި ކުރުމަށް ވެސް އެހީވެދެއެެވެ. އެގޮތުން ސިއްހަތާބެހޭ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކޮންމެ ދުވަހަކުވެސް ޑާކް ޗޮކްލެޓްގެ ކޮންމެވެސް މިންވަރެއް ކާ ނަމަ، ބަރުދަން ލުއިވުމަށް އެހީވެދެއެވެ. ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރި ވުމުގެ އިތުރުން، ޑާކް ޗޮކްލެޓް ކާ ނަމަ. ނިދަން ވެސް ފަސޭހަވެގެން ދެއެވެ.
ޑާކް ޗޮކްލެޓަކީ ތިމާގެ މޫޑް ރަނގަޅުކޮށްދޭ އެއްޗެކެވެ. ވަޒީފާގެ މާހައުލުގަޔާއި ދިރިއުޅުމުގެ މައިދާނުގައި އަމިއްލަ އާއިލާގެ ކަންކަމުގައި ބައެއް ފަހަރު މޫޑް ގޯސްވެއެވެ. އެފަދަ ހާލަތްތަކުގައިވެސް ޑާކް ޗޮކްލެޓްކޮލެއް ކާލާށެވެ. ތަފާތު ފެންނާނެއެވެ. މޫޑް ރަނގަޅު ވާނެއެވެ.
ގިނަ އަދަދެއްގެ އަންހެނުން ތަކެއް ހިމަނައިގެން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި ހަފްތާއަކު 40 ގްރާމް ޑާކް ޗޮކްލެޓް ކާ ނަމަ، ސްޓްރެސް ފިލުމަށް މަގުފަހި ކޮށްދެއެވެ. އަދި އެންޒައިޓީއަށް ވެސް މިއީ ރަނގަޅު އެއްޗެކެވެ.
ނިދުމުގެ ވައްޓަފާޅި ހުރީ ގޯސްކޮށް ނަމަ، އެކަން ރަނގަޅު ކުރުމަށް ވެސް ޑާކް ޗޮކްލެޓް ކާލާށެވެ. މަޑުމަޑުން ރަނގަޅުވެދާނެއެވެ. ރޭގަނޑުގެ ކޮންމެވެސް ވަގުތުކޮޅެއްގައި ޑާކް ޗޮކްލެޓް ކޮޅެއް ކާލުމުން، އެރެއެއްގައި ނިދަން ފަސޭހަވާނެއެވެ. އަދި ޓެސްޓް ކޮށްލަބަލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް