އިންތިހާބާއި ގުޅިގެން އީސީގެ ރަސްމީ މަސައްކަތު ގަޑި އިތުރު ކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެސްފި އެވ...

22 Feb 2021 | 09:09

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެސްފި އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ. އިންތިހާބުތަކާއި ދިމާކޮށް ކޮންމެ ފަހަރަކުވެސް އީސީގެ ރަސްމީ މަސައްކަތު ގަޑި އިތުރު ކޮށް އިތުރު ވަގުތީ މުވައްޒަފުން ނަގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިޔަށް އޮތް އިންތިހާބާއި ގުޅޭ މަސައްކަތްތަކާއި ގުޅިގެން ނިންމާފައިވަނީ މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރު ކުރަން ކަމަށެވެ. އެގޮތުން ދެން އެ ކޮމިޝަނުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.

ރަސްމީ ގަޑިއަށް ބަދަލު އައިކަމުގަ ވިޔަސް އާންމު ފަރާތްތަކުން ކޮމިޝަނަށް ގޮސްގެން ހިދުމަތް ލިބިގަތުމުގެ އިންތިޒާމް ކޯވިޑާއި ގުޅިގެން ހަމަޖެހިފައި ނުވާ ކަމަށް ބުނެ އެވެ. އޭގެ ބަދަލުގައި [email protected] އީމެއިލް ކޮށްގެން ހިދުމަތް ހޯދުމަށް އެދިފައިވެ އެވެ.

ރަސްމީ ގަޑިއަށް ބަދަލު ގެނެސްފައިވަނީ ކޮމިޝަނުން ވަކި ގޮތެއް އަންގަން ދެންނެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް