މ.ކޮޅުފުށި އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
މޮނިޓަރިންގެ ހާލަތަށް އެ ރަށް ގެނައީ އިއްޔެ އެވެ. މިއީ މަހެއްހާ ދުވަހުގެ ތެރޭގައި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ.
ކޮޅުފުށީ ކައުންސިލުން ބުނީ މިފަހަރު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ނެގި ރެންޑަމް ސާމްޕަލްތަކެއްގެ ތެރެއިން ސާމްޕަލެއް ކޯވިޑަށް ޕޮސިޓިވް ވުމުން ކަމަށެވެ. އެކޭސް އާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހަދައި 60 އަށްވުރެ ގިނަ ސާމްޕަަލް ނަގައި ބައެއް ގޭގެ ކަރަންޓީން ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ ރަށް މޮނިޓަރިންއިން ނެގި ފަހުން 11 ރެންޑަމް ސާމްޕަލް ނަގާފައިވެ އެވެ. އެ ސާމްޕަލްތައް ނަގަން އެޗްޕީއޭއިން ނިންމީ ވަކި މުއްދަތެއް ވަންދެން ބަލި އުޅޭތޯ ބަލަން ދޭތެރެ ދޭތެރިން ބަލާށެވެ.
އެންމެ ފުރަތަމަ އެ ރަށް މޮނިޓަރިންއަށް ލީ އެ ރަށުން މާލެ އައި މީހަކު ބަލީގެ އަލާމާތްތައް ފެނިގެން ޓެސްުޓު ކުރި އިރު ކޯވިޑަށް ޕޮސިޓިވްވުމުންނެވެ. އެފަހަރު އެ ރަަށުން ނެރި ރެންޑަމް ސާމްޕަލް ތަކާއި އެ މީހާގެ ކޮންޓެކްޓުންގެ ތެރެއިން 30 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
އެފަހަރު މޮނިޓަރިންއަށް ލާފައި އޮތީ މިދިޔަ މަހުގެ 26 ން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް