އަބަދުވެސް އުފަލުގައި ހުރުމުގެ ފޯމިއުލާ އެނގޭތަ

އަހަރެމެން އުފެއްދެވި ޚާލިޤުވަންތަ الله ވަނީ  އަހަރެމެން އުފަލުގައި ތިބުމަށް  ”އިންސްޓްރަކްޝަން މެނުއަލް“ އެއް އަހަރެމެންނަށް ދެއްވާފައެވެ. އެގޮތުން މި މެނުއަލްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފިއް...

22 Feb 2021 | 08:13

އަހަރެމެން އުފެއްދެވި ޚާލިޤުވަންތަ الله ވަނީ  އަހަރެމެން އުފަލުގައި ތިބުމަށް  ”އިންސްޓްރަކްޝަން މެނުއަލް“ އެއް އަހަރެމެންނަށް ދެއްވާފައެވެ. އެގޮތުން މި މެނުއަލްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފިއްޖެނަމަ އަހަރެމެން ދެ ދުނިޔެއިންވެސް ކާމިޔާބުވާނެކަންވެސް ވަނީ އަންގަވާފައެވެ. އެހެން ނަމަވެސް މި ކަންތައްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިގެން ނުވަތަ މި ފޯމިއުލާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން މެނުވީ ދެދުނިޔޭންވެސް އުފާވެރިކަން ލިބުމެއް ނެތެވެ.

މި ”މެނުއަލް“ ގައި އަޅުގަނޑުމެނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ގޮތް އަޅުގަނޑުމެން ހެއްދެވި ފަރާތުން ވަނީ ބަޔާންކުރައްވާފައެވެ.

ކީރިތި ޤުރުޢާނުގައި މާތް ﷲ ވަޙީކުރައްވެއެވެ.

أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ (سورة الرعد : 28)

މާނައީ: ”ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“

އަދިވެސް މި ”މެނުއަލް“ ގައި އަޅުގަނޑުމެން ހިތާމައާއި ހިތްނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ ސަބަބުވެސް ވަނީ ބަޔާން ކުރައްވާފައެވެ.

ޤުރުޢާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ  (سورة طه : 124)

މާނައީ: ”އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ.“

އެހެންކަމުން ﷲ ގެ މަގަށް ރުޖޫޢަވެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަންނަމާ ހިންގަވާށެވެ. ﷲގެ ބަސްފުޅު ދުވަހަކުވެސް ދޮގެއްނުވާނެކަން ކަށަވަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް