އިންސްޓަގްރާމަށް ލެވުނު ވީޑިއޯއަކުން ވިވެކަށް ޖޫރިމަނާ އަކާއި ކުރިމަތިލާން ޖެހިއްޖެ

ބޮލީވުޑްގެ ކުރީގެ ބަތަތް ވިވެކް އޮބެރޯއީ އިންސްޓަގްރާމްގައި ޕޯސްޓު ކުރި ވީޑިއޯއަކުން ޖޫރިމަނާ އަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ. ވިވެކް ޕޯސްޓުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އޭނާ އާއި އަންހެނުން ޕްރިޔަ...

22 Feb 2021 | 04:48

ބޮލީވުޑްގެ ކުރީގެ ބަތަތް ވިވެކް އޮބެރޯއީ އިންސްޓަގްރާމްގައި ޕޯސްޓު ކުރި ވީޑިއޯއަކުން ޖޫރިމަނާ އަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ވިވެކް ޕޯސްޓުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އޭނާ އާއި އަންހެނުން ޕްރިޔަންކާ އަލްވާ ހެލްމެޓް ނާޅާ މަގުމަތީގައި ސައިކަލު ދުއްވާ ތަނެވެ. އަދި ސައިކަލް ދުއްވަން ދެމީހުން އުޅުނީ މާސްކު ނާޅައެވެ.

އިންޑިއާގައިވެސް ކޯވިޑް-19 އާއި ގުޅިގެން އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.

އެ ވީޑިއޯ ނަގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ވީޑިއޯ ލުމަށް ފަހު ވިވެކް ލިޔެފައިވަނީ "ހެޕީ ވެލަންޓައިންސް ޑޭ" އެވެ.

ވިވެކް އެ ވީޑިއޯ އިންސްޓަގްރާމްގައި ޕޯސްޓު ކުރުމާއި އެކު އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި އެ ޕޯސްޓަށް ކޮމެންޓު ކުރި މީހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައި އެވެ.

މީގެ އިތުރުން ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާން ޖެހޭނެ ކަމަށާއި ފިލްމީ ތަރިއަކަށް ވިޔަސް ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ހެލްމެޓް ނާޅާ ސައިކަލް ދުއްވި މައްސަލައިގަ ވިވެކް ވަނީ 500 ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެވެ. އަދި ބަޔަކު ވަނީ މާސްކު ނާޅާ މައްސަލައިގަވެސް އޭނާ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް