ތަރިން ތަކަކާއެކު ކުޅެނިކޮށް ޓައިގަރ ޝްރޮފަށް އަނިޔާވެއްޖެ

ބޮލީވުޑް ތަރިން ތަކަކާއެކު ފުޓްބޯޅަ ކުޅެނިކޮށް، ބޮލީވުޑް ތަރި ޓައިގަރ ޝްރޮފަށް އަނިޔާވެއްޖެއެވެ. ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ރޭގެ ވަގުތެއްގައި ޓައިގަރަށް އަނިޔާވެފައިވަނީ އެކުވ...

22 Feb 2021 | 01:06

ބޮލީވުޑް ތަރިން ތަކަކާއެކު ފުޓްބޯޅަ ކުޅެނިކޮށް، ބޮލީވުޑް ތަރި ޓައިގަރ ޝްރޮފަށް އަނިޔާވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ރޭގެ ވަގުތެއްގައި ޓައިގަރަށް އަނިޔާވެފައިވަނީ އެކުވެރި ތަރިންތަކަކާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެމުންދަނިކޮށެވެ. އެކުގައި ކުޅުނު ތަރިންގެ ތެރޭގައި އަރްޖުން ކަޕޫރު، އަހަން ޝެޓީ، ޝޫޖިތު ސިރްކާރް އަދި ޝަޝާންކް ކެއިތަން ހިމެނެއެވެ.

މެޗު ކުޅެމުންދިޔަ އިރު ޓައިގަރަށް ތާއީދު ޓައިގަރގެ ލޯބިވެރިޔާ ދިޝާ ޕަޓާނީވެސް ދަނޑުގައި ހުއްޓެވެ. ޓައިގަރަށް އަނިޔާވުމުން އޮން-ފީލްޑް ޑަކުޓަރުގެ އެހީގައި ސްޓްރެޗަރުގައި ޓައިގަރ ދަނޑުން ބޭލިއިރު ދިޝާ ޓައިގަރ ގާތުގައި ހުރި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މި ފުޓްބޯޅަ މެޗަކީ ވަކި ހާއްސަ ކަމަކާ ގުޅިގެން ކުޅުނު މެޗެއް ކަމެއް ނޭނގެއެވެ. ނަމަވެސް ރިޕޯޓްކޮށްފައިވާގޮތުގައި ޓައިގަރަކީ ފުޓްބޯޅައަށް ލޯބިކުރާ ތަރިއެކެވެ.

ފުޓްބޯޅަ ކުޅެނިކޮށް ޓައިގަރަށް އަނިޔާވެފައިވާއިރު ފިލްމީ ދާއިރާގައި ޓައިގަރ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކިރުތީ ސަނޮނާއެކު ކުޅެން ފަށާފައިވާ "ގަން ޕަތު: ޕާޓް 1" ގެ މަސައްކަތެވެ. މި ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގައެވެ. އަނެއްކޮޅުން ދިޝާވެސް އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއި" އެވެ. މި ފިލްމުގައި ދިޝާއާއެކު ސަލްމާން ޚާން، ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފް ފެނިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް