ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއް އާންމު ވެއްޖެ އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އޮފިސަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަ ފުލުހުންގެ އިސް އޮފިސަރަކީ ލ. ގަމު ޕޮލިސް ސްޓޭޝަންގެ އިންޗާޖެވެ. އޭނާ އަކީ މީގެ ކުރިން ގއ އަތޮޅުގެ ރަށެއްގައި މީހެއްގެ އަތްބެތް ގޮވައިގެން އަނދިރި ތަނެއްގައި ހުއްޓައި ބަޔަކަށް ފެނުނު އޮފިސަރު ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އެ އޮފިޝަރު މިހާރު ވަނީ މަސްއޫލިއްޔަތުން އެއްކިބާ ކޮށްފަ އެވެ. އަދި އެ އޮފިޝަރުގެ މައްސަލަ އިތުރަށް ކުރިއަށްގެންދިއުމަށްޓަކައި އެ އޮފިޝަރު މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމުގައިވެސް ދުވަހަށް ވަނީ އެނގިފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ވީޑިއޯއިން ފެންނަނީ އެ އޮފިޝަރު އަމިއްލައަށް އެދުންފުއްދާ މަންޒަރެވެ. އަދި އެ ވީޑިއޯއަކީ ލ ގަމު އަންހެން ކުއްޖަކާއެކު ކޮށްފައިވާ ވީޑިއޯކޯލެއްގެ ވީޑިއޯއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް