ހުޅުމާލޭ ފިޔަވަތި ބަލަހައްޓާ މީހުންނާއި ޓީޗަރުން އުރީދޫ އާއި އެސްޓީއޯއިން ސްޕޮންސާ ކޮށްފި

ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބެލުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބޭ ކުދިން ބަލާ މީހުންނާއި ޓީޗަރުން ދެ ކުންފުންޏަކުން ސްޕޮންސާ ކޮށްފި އެވެ މި އެއްބަސްވުންތަކުގައި ޖެންޑާ މިނިސްޓްރީގެ ...

22 Feb 2017 | 10:14

ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބެލުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބޭ ކުދިން ބަލާ މީހުންނާއި ޓީޗަރުން ދެ ކުންފުންޏަކުން ސްޕޮންސާ ކޮށްފި އެވެ

މި އެއްބަސްވުންތަކުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަތައުﷲ އަހުމަދު ރަޝީދު އެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުސްލިފް މަސީހު އެވެ.

މި އެއްބަސްވުންތަކާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އެސްޓި އޯއާއި އުރީދޫއިން ފިޔަވަތީގައި މަސައްކަތް ކުރާ ދެ ޓީޗަރުންނާއި ބަަލަލަހައްޓާ ދެ މީހަކު އަހަރު ދުވަހަށް ސްޕޮންސާ ކޮށްފައިވާ ކަމަށެވެ. އަދި ކުދިން ބިނާކުރުމަށާއި އެހެން ކުދިންނެކޭ އެއްފަދަ ހަމަހަމަ ފުރުސަތުތައް އެކުދިންނަށް ފަހިކޮށްދިނުމަށް އެ ދެ ކުންފުނިން ޖެންޑާ މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރިގެ ބަޔާނުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަކީ އެކި ބާވަތުގެ އަނިޔާ އާއި އިހުމާލު ތަހައްމަލްކުރަންޖެހިފައިވާ ކުދިންކަމުގައި ވާތީ، ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމުގެ އިތުރުން ތަފާތު ދާއިރާތަކުން އެކުދިންނަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ޓަކައި ޕާޓްނާޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކާ ގުޅިގެން މިނިސްޓްރީ އިން ތަފާތު ހަރަކާތްތައް ކުރިއަށް އޮތްތާގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް