ހިންނަވަރުގައި އަޅާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ހިންނަވަރުގައި 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އަދި 10...

22 Jan 2023 | 17:54

ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ހިންނަވަރުގައި 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އަދި 1000 އަކަފޫޓުގެ އެއް ބުރީގެ 50 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ.

އަދި ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓަކީ ވެސް ތިން ކޮޓަރީގެ ތަންތަން ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.  މިގޮތުން އެތަނުގައި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އަދި ކާގެ އާއި ލޯންޑަރީ އާއި ސްޓޯރޫމް ހުންނާނެއެވެ.

މީގެ އިތުރުން އެތަނުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ހިމެނޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެއެވެ.

މިއީ ގާތްގަނޑަކަށް 84 މިލިއަން ރުފިޔާއަށް އެއް އަހަރަ ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ މަޝްރޫޢު އެކެވެ.

ހިންނަވަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދި އެ ރަށު ކައުންސިލުގެ މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް