އެމެރިކާގައި ޗައިނީސް ނިއު އިއާ ފާހަގަ ކުރަން އެއްވެ ތިބި އެތައް ބައެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.
ޗައިނީސް ނިއު އިއާ ނުވަތަ އާ އަހަރު ފެށުނު ދުވަހަކީ މިއަދެވެ. ރޭ 12:00 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ފާހަގަ ކުރުމަށް އެތައް މިލިއަން ބަޔަކު ބައިވެރިވެގެން ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ.
އެމެރިކާގައި މި ހާދިސާ ހިނގީ ރޭ ކެލިފޯނިއާގެ މޮންޓެރޭ ޕާކުގައި ހުންނަ ބޯލްރޫމް ޑާންސް ސްޓޫޑިއޯ ގައި އެވެ. ފުލުހުންނާއި ހަވާލާދޯ ފުލުހުން ބުނޯ މި ހާދިސާގައި 10 މީހުން މަރުވެ، 10 މީހަކު ޒަހަމްވެފައިވެ އެވެ.
އެމެރިކާ ފުލުހުން ބުނީ އެމީހުން މަރާލުމަށް ފަހު ބަޑި ޖެހި މީހާ ވަނީ ސަރަހައްދު ދޫކޮށް ފިލާފައި ކަމަށެވެ. މި ހަމަލާ ދޭން ޖެހުނު މަގުސަދު އަދި ނުހޯދެ އެވެ.
އެމީހާ ދެނެގްނަންނަ އުނދަގޫވީ ޗައިނީސް ނިއުއިއާ ފާހަގަ ކުރަން އެތައް ހާސް ބަޔަކު ސްޓޯޑީއޯއަށް ޖަމާވެފައި އޮތުމުންނެވެ.
ފުލުހުން ބުނީ މިއީ ފަހުގެ ތާރީހެއްގައި ކެލިފޯނިއާ ސްޓޭޓްގައި ހިނގި ބަޑި ޖަހައި މީހުން މެރުމުގެ އެންމެ ހިތާމަވެރި ހާދިސާ ކަމަށެވެ. އެންމެ ފަހުން 1984 ވަނަ އަހަރު މެކްޑޮނަލްޑްސް ރެސްޓޯރެންޓެއްގައި ބަޑި ޖަހައި، މީހަކު ވަނީ 21 މީހުން މަރާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް