ޕްރިމިއާ ލީގު: ހާލަންޑްގެ ހެޓްރިކާއި އެކު ސިޓީއަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވަހެމްޕްޓަން އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ވުލްވްސްގެ މައްޗަށް ސިޓީން ކުރިހޯދީ 0-3 ގެ ނަތީޖާ...

22 Jan 2023 | 17:05

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވަހެމްޕްޓަން އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ވުލްވްސްގެ މައްޗަށް ސިޓީން ކުރިހޯދީ 0-3 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނު ސިޓީން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް މެޗުގެ 40 ވަނަ މިނެޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކެވިން ޑިބްރެއިނާ ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ކާމިޔާބު ކޮށްދިން މި ލަނޑާއިއެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލިއިރު، އެޓީމުވެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ފަހު ހާފުގެ 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ފުރަތަމަ ލަނޑުވެސް ޖަހައިދިން ހާލަންޑް އެވެ.

ހާލަންޑް އޭނާގެ ތިންވަނަ ލަނޑު ޖަހައި މި މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 54 ވަނަ މިނެޓުގައި ރިޔާދް މާރޭޒް ތަނަވަސްކޮށް ދިން ފުރުސަތެއްގައި ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއި އެކު ސިޓީން ތާވަލްގެ އެއްވަނާގައި އޮތް އާސެނަލްއާއި ތިން ޕޮއިންޓް ގާތަށް ޖެހިލިއިރު، އެޓީމު ދެވަނާގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. އާސެނަލް އެއްވަނާގައި އޮތީ ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެގެން 48 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް