ހަ މީހަކަށް އުމްރާ ދަތުރު ލިބޭނޭހެން އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

ކަސްޓަމަރުންގެ މެދުގައި މަގްބޫލް، އެސްޓީއޯ ރަމަޒާން ބާޒާރު ސޭލް ފަށައިފިއެވެ. އެހެން އަހަރުތަކަކެކޭ އެއްފަދައިން މި އަހަރުވެސް ހިތްގައިމު ޑިސްކައުންޓްތަކެއް އެކުލެވިގެންވާކަމުގައި އެސްޓީއޯއިން ބުނެއެވ...

22 Jan 2023 | 16:54

ކަސްޓަމަރުންގެ މެދުގައި މަގްބޫލް، އެސްޓީއޯ ރަމަޒާން ބާޒާރު ސޭލް ފަށައިފިއެވެ. އެހެން އަހަރުތަކަކެކޭ އެއްފަދައިން މި އަހަރުވެސް ހިތްގައިމު ޑިސްކައުންޓްތަކެއް އެކުލެވިގެންވާކަމުގައި އެސްޓީއޯއިން ބުނެއެވެ.

އެހެން އަހަރު ތަކާއި ހިލާފަށް، މި އަހަރުގެ ރަމަޒާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަންއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި 22 ޖަނަވަރީން 29 އޭޕްރީލަށެވެ. މަކިޓާ ޝޯރޫމް ރަމަޒާން ބާޒާރާއި ނިޕޯޓް ރަމަޒާން ބާޒާރު ކުރިއަށްދާނީ އެކެއް ފެބްރުއަރީން 29 އޭޕްރީލަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުން ކުރައްވާ ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބިގެންދާނެކަމުގައި އެސްޓީއޯއިން ބުނެއެވެ. އަދި މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓްތަކުންވެސް ނަސީބުވެރި އެއް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި ފަރާތްތަށް ދެމީހަކަށް އުމްރާ ދަތުރެއް ލިބިގެންދާނެކަމުގައިވެސް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް