ރާއްޖޭގެ ގާނޫނީ ފަންނުގެ ތާރީހުގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނުގެ ނަތީޖާ ބާ ކައުންސިލުން މިއަދު ދޫކުރަން ފަށައިފިއެވެ.
އެ ކައުންސިލުން މިއަދު ބުނެފައިވާގޮތުގައި މި އިމްތިހާނުގައި ބައިވެރިވި 173 ކެނޑިޑޭޓުންގެ 68 އިންސައްތަ ވަނީ އިމްތިހާނުން ފާސްވެފައެވެ.
މިއާއެކު އެ ކައުންސިލުން ވަނީ މި އިމްތިހާނުގައި ޓޮޕް އެޗީވާސް ލިސްޓުވެސް ހާމަކޮށްފައެވެ. އެ ލިސްޓުގައި 18 ފަރާތެއް ހިމެނިފައިވެއެވެ.
އެ ލިސްޓަށް ބަލައިލާއިރު އެންމެ މަތިން ސްކޯރ ކޮށް އެއްވަނަ ހާސިލުކޮށްފައިވާ ތިން ކެނޑިޑޭޓުންނަކީ މުހައްމަދު އަރްޒަން އާސިފާއި، ހުސެއިން ޒަމީލ އަދި އިސްހާގް ހުސެއިނެވެ.
މި އިމްތިހާނުގައި އެންމެ މަތިން ސްކޯރ ކުރި އެގްޒެމިނީންގެ ތެރޭގައި ގިނަ އަދަދަކަށް، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (7) ޔުނިވާސިޓީ އޮފް ލަންޑަން (6) އަދި ވިލާ ކޮލެޖު (4) ގެ ލޯ ގްރެޖުއޭޓުން ހިމެނިފައިވާކަން ބާ ކައުންސިލުން ފާހަގަކުރެއެވެ.
"20 ފެބްރުއަރީ 2023 ގައި ބާ ކައުންސިލުން ބޭއްވުމަށް އިންތިޒާމުކުރާ ބާ އެޑްމިޝަން ސެރަމަނީގައި މި އިމްތިހާނުން އެންމެ މަތީ ދަރަޖަތަކުގައި ފާސްވެފައިވާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ވަނީ ހަމަޖެހިފައި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ބާ އިމްތިހާނުން ފާސްވި ފަރާޓްތައްކުން އަވަސް މުސްތަގްބަލެއްގައި ގާނޫނީ ފަންނާއި ގުޅުމަކީ ކައުންސިލްގެ އުއްމީދެއް" ބާ ކައުންސިލުން ބުނެފައިވެއެވެ.
މިދިޔަ އަހަރު ބޭއްވި މި އިމްތިހާނަކީ ބައިނަލްއަގްވާމީ ޓެސްޓިންގ އަދި ކޮލިޓީ ސްޓޭންޑަޑްތަކަށް ފެތޭ އިމްތިހާނުތަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވި ފަރާތްތަކަށާއި މި އިމްތިހާނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމުގައި ބޭނުންވާ ފަންނީ ތަޖުރިބާ އެކި ގޮތްގޮތުން ފޯރުކޮށްދެއްވި ފަރާތްތަކުގެ އިތުރުން އިތުރު ފަރާތްތަކަށް ބާ ކައުންސިލުން ޝުކުރު އަދާކޮށްފައިވެއެވެ.
ޓޮޕް އެޗީވާސް ލިސްޓް:
| ނަން | ގްރެޖުއޭޓިންގ ކޮލެޖު/ޔުނިވަރސިޓީ (ޓީޗިންގ ކޮލެޖު / ޔުނިވަރސިޓީ) |
| މުހައްމަދު އަރުޒަން އާސިފް | ޔުނިވާސިޓީ އޮފް ލަންޑަން |
| ހުސެއިން ޒަމީލް | ޔުނިވާސިޓީ އޮފް ލަންޑަން |
| އިސްހާގް ހުސައިން | ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ |
| އާނަދާ މާހިރު އިޝަތު | ވިލާ ކޮލެޖު |
| އައިމަން މުހައްމަދު | ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ވިލާ ކޮލެޖް) |
| އުމަރު މަމްދޫހް މުހައްމަދު މާހިރު | ޔުނިވާސިޓީ އޮފް ލަންޑަން |
| ނަބީހް އިބްރާހިމް | ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ވިލާ ކޮލެޖް) |
| ސާދިން މުހައްމަދު ރަޝީދު | ޔުނިވާސިޓީ އޮފް ލަންޑަން |
| އާމިނަތު ނަސޫހާ | ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ |
| ސަމާ ސައީދު | އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ |
| އާއިޝަތު އާޝިޔާ ސާތިރު | ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ވިލާ ކޮލެޖް) |
| އަހްމަދު ސާއިލް | ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ |
| ސަފާ އިބްރާހިމް | ޔުނިވާސިޓީ އޮފް ލަންޑަން |
| އާއިޝަތު ނަޒާހާ ނަޝީދު | ޔުނިވާސިޓީ އޮފް ލަންޑަން |
| އީމާ ބިންތު މޫސާ | ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ |
| އަހްމަދު ޖަދީރު | ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ |
| އަފާ އަލީ ރަޝީދު | ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ |
| އަހްމަދު ހުޝާމް | ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް