ބޭންކް އޮފް މޯލްޑިވްސް ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފިއެވެ.
މި ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދާނެއެވެ.
ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ކުރިޔަށް ދިޔަ ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ޤައުމީ ކުޅިވަރު އެސޯސިއޭޝަންގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
|
އެތުލީޓް |
ކުޅިވަރު |
ޓްރެއިނިންގ ސެންޓަރ |
|
މަރިޔަމް ރޫޔާ އަލީ |
އެތްލެޓިކްސް |
ކިންގްސްޓަން، ޖެމައިކާ |
|
މުޙައްމަދު މިންހާލް ޝާމިން |
އެތްލެޓިކްސް |
ކިންގްސްޓަން، ޖެމައިކާ |
|
މުޙައްމަދު ސާލިމް އަބްދުލް ސަމަދު |
ބެޑްމިންޓަން |
ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް |
|
ޝުބާ މުޙައްމަދު ޝަރީފް |
ބެޑްމިންޓަން |
ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް |
|
ފާތިމަތު ޖުމާނާ ނިމާލް |
ޓޭބަލް ޓެނިސް |
ޒަޤްރިބް، ކްރޯއޭޝިއާ |
|
މޫސާ މުންސިފް އަޙްމަދު |
ޓޭބަލް ޓެނިސް |
ޒަޤްރިބް، ކްރޯއޭޝިއާ |
|
ލަޔާން މުޙައްމަދު ޝާމިން |
ޓެނިސް |
ބާސެލޯނާ، ސްޕެއިން |
ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ސްކޮލާޝިޕް އަށް ހުޅުވާލެވިފައިވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އަދި ސްކޮލާޝިޕް އަށް އެތްލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް