ރައީސް އިބްރާހިމް މުހައްމަދުު ސޯލިހާއި ގުޅުމެއް ނެތްތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީ އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނާއި ރައިސުލްޖުމްހޫރިއްޔާއަކާ ގުޅުމެއް ނެތް ކަމަށެވެ. އެކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިއްތިހާދާ ގުޅުން ބޭއްވުމުގެ ނިޔަތުގައި އަދި އަމިއްލަ އަށް ފާހަގަވުމުގެ ބޭނުމުގައި ނަޝީދާއި މަޝްވަރާކުރުން ހުއްޓާލުން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ އެކި ކަންކަމުގައި ރައީސް، އެ މަނިކުފާނާ މަޝްވަރާ ކުރެއްވުން ހުއްޓާލީ، އެ ދެ ބޭފުޅުން މަޝްވަރާކޮށްފި ނަމަ ރައީސް "ޝައިން" ވާލެއް ކުޑަވެގެންދާނެ ކަމަށް އެ މަނިކުފާނު ކައިރީގައި ތިއްބެވި ބޭފުޅުން ދެކެވަޑައިގަންނަވާތީ އެވެ.
ނަމަވެސް އެއީ ތާކުންތާކު ޖެހޭ ވިސްނުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް