ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިމިއްޖެ

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން، 21 ބަ...

22 Jan 2023 | 12:43

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން، 21 ބަލިމީހުން ބަލާ ކޮޓަރި ޢިމާރާތް ކުރުމާއި، ފަރުވާދޭ އެއް ކޮޓަރި ޢިމާރާތް ކުރުމާއި، އެއް ޕްރޮސީޖަރ

ކޮޓަރި އިމާރާތް ކުރުމާއި، އެއް ނަރސިންގ ސްޓޭޝަން ހެދުމާއި، 6,189 އަކަ ފޫޓުގެ ވެއިޓިންގ ލޯންޖެއް ހެދުމާއި، 32

ޑިސްޕްލޭ ހުންނަ ކިއު ސިސްޓަމެއް ބެހެއްޓުމާއި، ސީސީޓީވީ ކެމެރާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ކުޅުދުއްފުށީ އޯޕީޑީ އިމާރާތް ކުރުމުގެ މަޝްރޫޢުއަކީ 20.2 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.

10،000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ކުޅުދުއްފުއްޓަކީ ހަމައެކަނި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަވެފައިވާ ރަށެއް ނޫނެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ މުޅި ހއ. ހދ. އަދި ށ. މި ތިން އަތޮޅުގައި ދިރިއުޅޭ 72,000 ރައްޔިތުންނަށްވެސް އެކި ޚިދުމަތް ހޯދުމަށާއި، އެހެނިހެން ބޭނުންތަކުގައި އައިސް ހަދައި އުޅުމަށް މުޙިންމު ރަށެކެވެ. އެގޮތުން މި ރަށަށް ބޮޑުތިލަދުންމަތީ ރައްޔިތުން އެންމެ ގިނައިން އަންނަ އެއް ބޭނުމަކީ މި ރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ހޯދުމެވެ.

އަދި، ކުޅުދުއްފުށި ހޮސްޕިޓަލްއަކީ މުޅި ބޮޑު ތިލަދުންމަތީގައިވެސް މިވަގުތު ހަމައެކަނި ހުރި ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ހޮސްޕަޓަލްކަމުން، އެހެން ހޮސްޕިޓަލްތަކުން ނުލިބޭ އެކި އެކި މުޙިންމު ޚިދުމަތް ހޯދުމަށް ބޮޑުތިލަދުންމަތީގެ ވަރަށް ގިނަ ރައްޔިތުން މި ހޮސްޕިޓަލްއަށް ބަރޯސާވެއެވެ.

އެހެންކަމުން، އެމް.ޓީ.ސީ.ސީއިން ނިންމާ ހަވާލުކުރެވިފައިމިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ ސަބަބުން މި ހޮސްޕިޓަލް އިތުރަށް ތަރައްޤީވެ، ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކެމެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް