ލ. އަތޮޅުގެ ފަސް ރަށެއް ކޯޒްވޭއަކުން ގުޅާލަން މޯލްޑްިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގެި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި ފަސް ރަށް ގުޅާލުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ދެ ކޯޒްވޭއަކުން ގުޅާލާގޮތަށެވެ.
އޭގެ ތެރެއިން އެއް ކޯޒްވޭއިން ގުޅާލަން ނިންމާފައިވަނީ ކަލައިދޫ އާއި ދަނބިދޫ އެވެ. މި މަޝްރޫއުއަށް155.9 މިލިއަން ރުފިޔާގެ ހަރަދު ކުރާއިރު550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.
ދެން ގުޅުވާލަން ހަމަޖައްސާފައިވަނީ ހިތަދޫ އާއި މެންދޫ އަދި ކުނަހަންދޫ އެވެ. އެ ރަށްތައް ކޯޒްވޭ އަކުން ގުޅުވާލަން 81.2 މިލިއަން ރުފިޔާ ހަރަދު ކުރާއިރު 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.
އެ ރަށްތައް ގުޅުވާލުމަށް 237 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް