އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ މިދިއަ އހަރު ހަމަޖައްސައިފަ އެވެ. އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކށް އެމް-ފައިސާ މެދުވެރިކޮށް 14 މޭ 2023 ގެ ކުރިން ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމް ގެ ފަރާތުން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލަާފައެވެ.
އުރީދޫން މި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނެއެވެ.
އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރވފައިވާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ގެ އިތުރުން ގެސްޓް ހައުސް، ކްލިނިކް އަދި ސްކޫލްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.
އެމް-ފައިސާ އަށް ރެޖިސްޓްރީ ކުރުމަށް އުރީދޫ ސުޕަރއެޕްއަށް http://ore.do/mf ޒިޔާރާތްކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް