"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ފްލެޓުތައް ހުންނާނެ ގޮތް ބަލާލުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މި މަޝްރޫއު ކުރިޔަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން4،000 ފްލެޓު އިމާރާތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
32 ޓަވަރު ހިމެނޭ މި މަޝްރޫއުގައި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޮގަސްޓާއި ހަމައަށް13 ޓަވަރުގެ މަސައްކަތް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކުރުމެވެ.
އެފްޑީސީއިން ބުނީ މިއަދު މެންދުރު 2:00 އިން ހަވީރު 4:00އަށް ތައްޔާރުކޮށްފައިވާ ޔުނިޓްތައް ދެއްކުން ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި މާދަމާއިން ފެށިގެން މެންދުރު 2:00 އިން އިރުއޮއްސި6:00 އަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައި ވަނީ 12 ވަނަ ޓަވަރުގެ އެޕާޓްމެންޓުތަކެވެ.
މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެއް ދިނުމަށް ހަމަޖެހިފައިވަނީ7،000 ރުފިޔާއަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއް ދިނުމަށް ހަމަޖެހިފައިވަނީ13،000 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް