ރާއްޖެއަށް ދަތުރު ކުރި ކަމަށް ޕާސްޕޯޓުގައި ފޭކު ތައްގަނޑު ޖަހައިދެމުން ދިޔަ ބަޔަކު ބަންގްލްދޭޝްއިން ހައްޔަރުކޮށްފި އެވެ.
ޑާކާ މެޓްރޮޕޮލިޓަން ޕޮލިސްގެ ސައިބާ އެންޑް ސްޕެޝަލް ކްރައިމް ޔުނިޓުން އެ މީހުން ހައްޔަރު ކޮށްފައި ވަނީ ފޭކް ސްޓޭމްޕްތަކެއް ބޭނުން ކުރި ކަމުގެ ތުހުމަތުގައި ޑާކާގައި ހުންނަ އެމެރިކާގެ އެމްބަސީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން އެނގުނު ގޮތުގައި އެމީހުން ވިސާ ހައްދައިދޭ ބައެއް އިދާރާތަކަށް ހުށަހެޅި ޕާސްޕޯޓުތަކުގައި ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ކެމްބޯޑިއާއަށް ދަތުރުކުރި ކަމުގެ ފޭކް ތައްގަނޑު ޖަހާފައި ވެއެވެ.
ބަންގްލަދޭޝްގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުުނާގޮތުގައި އެ މީހުންގެ އަތުން ވަގު ސްޓޭމްޕާއި ޕާސްޕޯޓްތަކެއްވެސް ފެނިފައިވެ އެވެ/
ޑާކާގެ ޑީއެމްޕީގެ ސައިބާ އެންޑް ސްޕެޝަލް ކްރައިމް ޔުނިޓްގެ ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު ތާރިގު ބިން ރާޝިދު ވިދާޅުވީ، ވިސާ ޕްރޮސެސް ކުރާ ބައެއް ޖަމިއްޔާތަކުން ރާއްޖެ، މެލޭޝިއާ އަދި ކެމްބޯޑިއާއަށް ކުރާ ދަތުރުތަކުގައި ދޮގު މައުލޫމާތުގެ ވަގު ސިއްކަ ޖަހާފައިވާ ޕާސްޕޯޓު ހުށަހެޅީ ޤައުމުތަކަށް ދަތުރުކުރުމުން ވިސާ ހައްދައިދިނުމުގައި އޮފިޝަލުން އިސްކަން ދޭތީ ކަމަށެވެ.
މީގެ އިތުރުން ބަންގްލަދޭޝްގެ ފުލުހުން މިހާރު ދަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން ކަަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް