އައްޑޫ ގަމުގައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންދާތީ ސަމާލުވާން އަންގައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ ހާއްސަ އަސްކަރީ ތަމްރީނުތަކެއްގައި ހަތިޔާރު ބޭނުންކޮށްގެން ތަމްރީނެއް ބާއްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުނ...

22 Jan 2023 | 05:39

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ ހާއްސަ އަސްކަރީ ތަމްރީނުތަކެއްގައި ހަތިޔާރު ބޭނުންކޮށްގެން ތަމްރީނެއް ބާއްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ތަމްރީންތައް ކުރިޔަށް ގެންދާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. ތަމްރީނުތައް ކުރިޔަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ދަންވަރު 12:00 ޖަހަންދެނެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް

2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4600 މީޓަރު

3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު

4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް

5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ.ގަން

މި ތަމްރީންތައް ފެށި މިދިޔަ މަހު އެވެ. އެކަން ހާމަކޮށް އައްޑޫ ސިޓީ ކައުންސިލުން މިދިޔަ މަހު ނެރުނު އިއުލާނުގައި ވަނީ ސިފައިންގެ ތަމްރީންތައް އެ ސިޓީގެ އެކި ރަށްތަކުގައި އަންނަ އޭޕްރިލް މަހުގެ ނިޔަަލށް ކުރިޔަށް ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް