އިންޑިއާގައި މުސްލިމުންތަކެއް ޒަހަރު ދީގެން މަރާލި ކޮތަރުތަކެއްގެ ޕޯސްޓްމޯޓަމް ހަދަނީ!

އިންޑިއާގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ވަގަށް ނެގިކަމުގެ ތުހުމަތުކޮށް އަވައްޓެރިޔާގެ ކޮތަރުތަކެއް މަރާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ. މި ހާދިސާ ހިނގީ އުއްތަރް ޕްރަދޭޝްގެ ޝާހްޖަހާންޕޫރ...

22 Jan 2023 | 05:25

އިންޑިއާގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ވަގަށް ނެގިކަމުގެ ތުހުމަތުކޮށް އަވައްޓެރިޔާގެ ކޮތަރުތަކެއް މަރާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މި ހާދިސާ ހިނގީ އުއްތަރް ޕްރަދޭޝްގެ ޝާހްޖަހާންޕޫރުގައި ދެ މުސްލިމުންގެ މެދުގައި އެވެ.

އެ ސަރަހައްދުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އާބިދް ކިޔާ މީހަކު ވަރަށް ލޯބިން ގެންގުޅުނު ބުޅަލެއް ގެއްލުމުން އޭތި ވަގަށް ނެގިކަމުގެ ތުހުމަތު އެޅުވީ އަވައްޓެރިއެއް ކަަމަށްވާ އަލީގެ ބޮލުގައި އެވެ. އަދި އެ މައްސަލަ ފުލުހުންނަށްވެސް އާބިދު ހުޑަހެޅި އެވެ.

އޭނާ ކޮތަރުތަކަށް ޒަހަރު ދީގެން މަރާލިކަން ފަޅާ އެރީ ބުޅާ ހޯދަމުން ދަނިކޮށް އޭތި އަމިއްލައަށް އާބިދުގެ ގެއަށް ދިޔަތާ މާގިނަ އިރެއް ނުވެ އެ ދުވަހު އަލީގެ ކޮތަރުތައް އެ ސަރަހައްދުގައި މަރުވެގެން ވެއްޓިފައި އޮންނަތަން ފެންނަން ފެށުމުންނެވެ. އެކަމަށް އާބިދު އިއުތިރާފުވި ކަމަށްވެސް ވެ އެވެ.

އާބިދު ފުލުހުންނަށް ދިން ބަޔާނުގައި ބުނީ އޭނާ ކޮތަރުތައް މަރާލީ ކާއެއްޗެހީގެ ތެރެއަށް ޒަހަރު އެޅުމަށް ފަހު ކޮތަރު އުދުހެމުންގޮސް މަޑު ކުރާ ތަންތަނުގައި ބަހައްޓައިގެން ކާންދީގެން ކަމަށެވެ.

ފުލުހުން ވަނީ ކޮތަރުުތައް މަރުވި ސަބަބު ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި އެވެ.

އަލީ ބުނީ އޭނާ 78 ކޮތަރު ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އާބިދު ޒަހަރުދިނުމުގެ ސަބަބުން އޭގެ ތެރެއިން 30 ކޮތަރު މަރުވެފައިވާ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ވަނީ އަބީދު އާއި އޭނާއަށް އެހީތެރިވި އިތުރު ދެ މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައި އެވެ. އެއީ ޖަނަވާރަކާއި މެދު އިހާނެތިކޮށް ހިތުމާއި ޖަނަވާރެއް ގަސްތުގައި މެރުމަކީ ކުށެއް ކަމަށް ބުނާ ގާނޫނުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް