އަބޫބަކާރު އޭނާގެ ކުރީގެ ކުލަބް ބެސިކްޓާސް އާ ގުޅިއްޖެ

ސައުދީ ޕްރޮ ލީގުގެ އަލް ނަޞްރަށް ކުޅެމުން އައި ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު އޭނާގެ ކުރީގެ ކުލަބު ތުރުކީގެ ބެސިކްޓާސް އަށް ސޮއިކޮށްފި އެވެ. މީގެ ކުރިން ވެސް ބެސިކްޓަސް އަށް ކުޅެދީފައިވާ އަ...

22 Jan 2023 | 04:12

ސައުދީ ޕްރޮ ލީގުގެ އަލް ނަޞްރަށް ކުޅެމުން އައި ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު އޭނާގެ ކުރީގެ ކުލަބު ތުރުކީގެ ބެސިކްޓާސް އަށް ސޮއިކޮށްފި އެވެ.

މީގެ ކުރިން ވެސް ބެސިކްޓަސް އަށް ކުޅެދީފައިވާ އަބޫބަކާރު އެނބުރި އެ ކުލަބާއި ގުޅުނީ ދާދި ފަހުން އަލް ނަޞްރަށް ރެކޯޑު ފީއަކަށް ގެނައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރެޖިސްޓްރީ ކުރުމަށް އަލް ނަޞްރުން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމުމުންނެވެ.

އަބޫބަކާރު ބެސިކްޓާސް އަށް ބަދަލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އޭނާ އެންމެ ފުރަތަމަ ބެސިކްޓަސް އަށް ކުޅެފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2016 ވަނަ އަހަރުގައެވެ. ޕޯޗުގަލްގެ ޕޯޓޯއިން 2016 ވަނަ އަހަރު ބެސިކްޓަސް އަށް ލޯނުއުސޫލުން ދޫކުރި ނަމަވެސް ފަހުން އަބޫބަކާރު ވަނީ އެ ކުލަބާއި އެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން 2020/21 ވަނަ އަހަރުގެ ސީޒަނުގައި ބެސިކްޓަސް އަށް ކުޅުމަށް ފަހު އަލް ނަޞްރަށް އޭނާ ބަދަލުވީ2022 ވަނަ އަހަރުގައެވެ.

އަބޫބަކާރު އަލުން އެނބުރި ބެސިކްޓާސްއާއި ގުޅުނު ކަން އެ ކުލަބުން މިހާރު އިއުލާން ކޮށްފައިވާއިރު، ވަރަށް އަވަހަށް އެކުލަބުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ. އަބޫބަކާރު ވަނީ މީގެ ކުރިން ބެސިކްޓާސް އަށް ކުޅެދިން 68 މެޗުގައި 35 ލަނޑު ޖަހައިދީފަ އެވެ.

އަދި މީގެ އިތުރުން އޭނާ ވަނީ އަލް ނަޞްރަށް ކުޅެދިން 39 މެޗުގައި13 ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް