ތަކަންދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ހަނި ތަފާތަކުން އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބު ކޮށްފިއެވެ.
ކުރިން މެންބަރަކަށް ހުންނެވި ޒާހިޔާ އަލީ އިސްތިއުފާ ދެއްވުމުން އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި ކުރިމަތިލީ އެމްޑީޕީގެ ކެނޑިޑޭޓް ފާތިމަތު ޝައުފާ އާއި އެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރި ފަހީމާ މުހައްމަދެވެ.
އިއްޔެގެ ވޯޓުގައި 440 ސައްވަ ވޯޓާއި ބާތިލު އަށް ވޯޓެއް ލާފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިލެއްވީ 237 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެނިޑޭޓަށް 203 ވޯޓު ލިބުނެވެ.
ތަކަންދޫ ކައުންސިލަކީ މިހާރުވެސް އެމްޑީޕީ މެޖޯރިޓީއެއް އޮންނަ ކައުންސިލެކެވެ. އެގޮތުން ތިން ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު އަނެއް ދެ މެންބަރުންނަކީ އަމިއްލަގޮތުން އިންތިހާބުވި ދެ މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް