މީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ޕާސަނަލް އެސިސްޓަންޓް މުހައްމަދު ޝާން ޓްވީޓް ކޮށްފައިވާ ފޮޓޯއެކެވެ.
ފޮޓޯގެ ކެޕްޝަންގައި ޝާން ބުނެފައިވަނީ އަތްޕުޅުގައި ޕްލާސްޓަރ އަޅާފައި އޮތަސް، ހުކުރަކަސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެ ގެންދަވަނީ އެމްއެންޑީއެފްގެ ސިފައިންނަށް ދެއްވާ ޕްރޮމޯޝަންގެ ލިޔުންތަކުގައި ސޮއެ ކުރައްވަމުން ކަމަށެވެ.
އިތުރު ތަފްސީލް ހޯދާލުމަށް ޝާނަށް ގުޅާލުމުން އޭނާ ބުނީ މިނިސްޓަރުގެ އަތުގައި ޕްލާސްޓަރު އަޅާފައިވަނީ ކުޅިވަރެއް ކުޅުއްވަން އުޅެނިކޮށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަތުގެ ކުޑަހުޅުން ފެށިގެން ބިންދައިގެންގޮސް ލިބުނު އަނިޔާއަކާއި ގުޅިގެން ކަމަށެވެ.
https://twitter.com/kudey_a/status/1352653891544866816?s=21
"މިހާރު ސާޖަރީ ހަދާފަ، ޕިންވެސް ލައްވާފަ ހުރީ" ޝާން އިތުރަށް ބުނެދިނެވެ.
އޭނާ އިތުރަށް ބުނީ މިނިސްޓަރު މާރިޔާ މިހާރު ސޮއި ކުރައްވަމުން އެ ގެންދަވަނީ ވަރަށް ގިނަ އަދަދެއްގެ ސިފައިންނަށް ދެވޭ ޕްރޮމޯޝަންގެ ސިޓީތަކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް