ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ދަމަހައްޓައި ހައި ކޯޓުން އިއްޔެ އިއްވި ހުކުމަކީ ފާސިގު ހުކުމެއް ކަމަށާއި، ފާސިގު ހުކުމަކުން ޕީޕީއެމްޕީއެންސީ ފަހަތައް ނުޖެއްސޭނެ ކަމުގައި ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ އިއްޔެއަކީ ޖުޑީޝަރީ މިނިވަންކޮށް، ކޮރަޕްޝަނަށް ޒީރޯ ޓޯލަރެންސް ދޭނެކަމަށް ވީ ވައުދުގެ ނިވަލުގައި ވެރިކަމަށް އައި ކޯލީޝަންގެ މަކަރުވެރި ސޫރަ ހާމަވި ދުވަސް ކަމަށާއި ހައްގު ބަސް ބުނުމަށް ފަސް ނުޖެހޭނެ ފަނޑިޔާރުންވެސް ތިބިކަން ކަށަވަރުވި ދުވަސް ކަމަށެވެ.
"ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުގެ 33% ނޯނެކޭ ބުނި ދުވަސް" އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
މި މައުލޫގައި އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ އިއްޔެގެ ހުކުމަކީ ސަރުކާރުން ފޮނުވި އިސްލާމީ ޝަރީއަތާ ބީރައްޓެހި ފާސިގު ހުކުމެއް ކަމަށާއި ކުށް ކުރުމަށްފަހު ޑީލް ހަދައިގެން، ބޭނުން މީހަކު، ބޭނުން ވަގުތަކު ފްރޭމްކޮށްލުމަށް ހިތްވަރުވެސް ދިން ހުކުމެއް ކަމަށެވެ. ފާސިގު ހުކުމަކުން ޕީޕީއެމްޕީއެންސީ ފަހަތައް ނުޖެއްސޭނެކަމަށާއި ބައިބައި ނުކުރެވޭނެކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް