ޒިޔާ އާއި ޝިދާތާގެ ޖޯޑު ނުހަނު ގުޅޭ

ކުރީގެ ޖެންޑާ މިނިސްޓާރ އައިޝަތު ޝިދާތާ ޝަރީފާއި ދިވެހި ފިލްމީ ތަރި އަހުމަދު ޒިޔާ އާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނީ އިއްޔެގެ ވަޤުތެއްގައި މި ދެމީހުން އެންގޭޖެވެ އަދި އެ ޙަފުލާގެ ފ...

22 Jan 2021 | 17:00

ކުރީގެ ޖެންޑާ މިނިސްޓާރ އައިޝަތު ޝިދާތާ ޝަރީފާއި ދިވެހި ފިލްމީ ތަރި އަހުމަދު ޒިޔާ އާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނީ އިއްޔެގެ ވަޤުތެއްގައި މި ދެމީހުން އެންގޭޖެވެ އަދި އެ ޙަފުލާގެ ފޮޓޯތަކާއި އަދި ވީޑީއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއި ގުޅިގެންނެވެ.

ފިލްމީ ތަރި ޒިޔާވެސް ވަނީ އެނާގެ ސޯޝަލް މީޑީއާގައި އެކަން ޔަޤީންކޯށްދީ ފޮޓޯތައް ހިއްސާކޮށްފައެވެ. މި ޚަބަރު އާންމުވުމާ ގުޅިގެން ދެން ފެނުނީ އެއް ބައެއްގެ ފާޑުކިޔުންތަކާއި އަދި އަނެއް ބައެއްގެ ތަޢުރީފާއި ތަހުނިޔާ ކިޔުން ތަކެވެ.

އެއް ބަޔަކު ދެމީހުންގެ އުމުރުގެ ފަރަޤާ ގުޅޭ ގޮތުން ސުވާލުކޮށްފައި ހުރިއިރު އަނެއް ބަޔަކު ނުގުޅޭ ކަމަށްވެސް ބުނެފައި ހުއްޓެވެ. އެހެން ނަމަވެސް ހެޔޮ އެދޭ ގިނަ މީހުން އެ ދެ މީހުންނަށް ތައުރީފުކޮށް ތަހުނިޔާ ކިޔާފައިވެއެވެ.

ދެން އޮތީ ޝިދާތާއާއި ޒިޔާގެ ޖޯޑުގެ ކައިވެންޏެވެ. ކައިވެނި ހަމަ ޖެހިފައި އޮތީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަށް ފައިނަލްވެފައެވެ.

އަދި މި ޖޯޑަކީ ނުހަނު ގުޅޭ ޖޯޑެކެވެ. ގުޅެޔޭ މި ދެންނެވީ ދެމީހުންގެ މޫނުންވެސް ފެންނަން ހުރި ޝުޢޫރުތަކާއި އަސަރުތަކަށް ބަލާފައެވެ. ދެމީހުންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވާން ހުއްޓެވެ. ދިރިއުޅުމުގައި އުފާވެރިކަމަކީ ނުހަނު މުހިންމު ކަމަކަށް ވީއިރު ޒިޔާއާއި ޝިދާތާގެ މި ޖޯޑުވެސް ނުހަނު ގުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް