ކޮވިޑު އޮތްނަމަވެސް އިންތިހާބު ބޭއްވުމަކީ ލާޒިމުކަމެއް: އަނަސް

ކޮވިޑު އޮތް ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިހާބުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިންތިހާބު ބޭއްވުމަކީ ލާޒިމުކަމެއް ކަމުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައް...

22 Jan 2021 | 16:34

ކޮވިޑު އޮތް ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިހާބުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިންތިހާބު ބޭއްވުމަކީ ލާޒިމުކަމެއް ކަމުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އަނަސް ވިދާޅުވެފައިވަނީ ގާނޫނުގަ ބަޔާންކުރާފަދަ، އެޗްޕީއޭއިން ބަލައިގަންނަ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކީ، ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިހާބުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިންތިހާބު ބޭއްވުމަކީ ލާޒިމުކަމެއް ކަމަށެވެ.

އަނަސް އިތުރަށް ވިދާޅުވެފައިވަނީ 2021 ވަނަ އަހަރު ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެމްޑިޕީން ކުރިމަތިލަނީ ގާނޫނީ، މާލީ ބާރުވެރިކަން މައި ސަރުކާރުގެ ކިބައިން ވީއްލި، ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ހަވާލުކޮށް، ލާމަރުކަޒީ ނިޒާމު ހަނިކުރުމަށް ގެނެސްފައިވާ އިސްލާހުތައް އުވާލުމަށްފަހުގައި ކަމަށެވެ.

ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާގޮތުން މި އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެހެންނަމެސް އިންތިހާބު އިތުރަށް ފަސްވެދާނެފަދަ ވާހަކަތަކެއް މިހާރު ދަނީ ދެކެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް