ޤަތަރުގައި ހުންނަ މި މިސްކިތަށް އެރުމުން އެހެން ޕްލެނެޓްއަކަށް ދެވޭ ކަމުގެ އިހުޞާސްވާނެކަމުގައި މި މިސްކިތައް ވަންނަ ކޮންމެ މީހަކު ބުނެއެވެ.
މިހާރު މި މިސްކިތަކީ ޤަތަރުގައި ދިރިއުޅެމުންދާ ކިޔަވާ ކުދިންގެ އިތުރުން އެތަނުގެ އާންމުންގެ މެދުގައިވެސް އެންމެ މަޤުބޫލު މިސްކިތެވެ.
މިސްކިތުގެ ބޭރުގައި ހުންނަ މީހަކަށް މިސްކިތް ސިފަވާނީ ސްޕޭސް ޝިޕެއްގެ ގޮތުގައެވެ. އަދި މިސްކިތަށް ވަނުމުން މިސްކިތުގެ އެންމެ މެދާ ވީ ހިސާބުން ޖިއޮމެޓްރިކް ޕެޓާންތަކެއް ސިފަކޮށްދީފައި ހުރެއެވެ.
މީގެ އިތުރުންވެސް މިސްކިތުގެ އެތެރޭގައި 5 ތަނބު ހުރެއެވެ. އަދި މި ފަސް ތަނބު ރަމްޒުކޮށްދެނީ ސުވަރުގޭގެ 5 ކޯރުކަމުގައިވެއެވެ. އޭގެ ތެރޭގައި ފެން ކޯރާއި , މާމުތާއި, އަދި ކިރުވެސް ފާހަގަކޮށްފައިވެއެވެ.
1800 މީހުންގެ ޖާގައިގެ މި މިސްކިތުގައި ފިރިހެނުންނަށް ވަކިން އަދި އަންހެނުންނަށްވެސް ވަކިން ޚާއްޞަ ބައެއް ހުރެއެވެ. މީގެ އިތުރުން ރަން ކުލައިން ތައްޔާރުކޮށްފައިވާ މިޙްރާބްގައި ޤުރުޢާނުގެ ޢާޔަތް ލިޔެފައިހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް