މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ހަވީރުގެ ވަޤުތެއްގައި ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއެކެވެ.
"ރިޔައްޓޭ ހުޅުމާލެ" ނަމަކަށް ކިޔާ 3000 އަށްވުރެން ގިނަ މީހުން ލައިކް ދީފައިވާ ފޭސްބުކް ޕޭޖަކުން ޙިއްސާކޮށްފައިވާ ފޮޓޯއެކެވެ.
"ދުވަސް" ނޫހުން އެދުވަހު މި ފޮޓޯ ޙިއްސާކުރުމުން އާންމުންގެ ނުރުހުން އަމާޒުވީ އެދުވަހު ފޮޓޯގެ ޙަޤީޤަތް ޚަބަރުގައި އެނގެން ނެތުމުންނެވެ. އެހެން ނަމަވެސް އެދުވަހު "ދުވަސް" ނޫހުން ފޮޓޯއާއެކު އާޓިކަލް ހިއްސާކުރުމުން މިއަދު މިވަނީ ފޮޓޯގެ ހަޤީޤަތްވެސް އެނގިފައެވެ.
އެގޮތުން އިތުބާރުހުރި 3 މަސްދަރަކުން "ދުވަސް" ނޫހަށް މަޢުލޫމާތުދީފައިވާ ގޮތުގައި ފޮޓޯގައި ދިވެހިން ހެދުން އަޅާ ޒާތާ ޚިލާފަށް ކުރު ހެދުމެއް ލައިގެން ބުރުގާ އަޅާފައި އެވަނީ ފިލިޕީންސްގެ އަންހެނެކެވެ. މީނާ އަކީ ހުޅުމާލޭ ގެއެއްގައި ގެންގުޅޭ މެއިޑެކެވެ. އަދި އާންމުގޮތެއްގައި ބޭރަށްދާ ވަޤުތުގައި މީނާ ބޮލުގައި ފޮތިގަނޑެއް ނުވަތަ ތޮތްޕެއް އަޅާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެގޮތުން އެދުވަހުވެސް އޭނާ ބޭރަށް ދަމުން އާދަކޮށް އޭނާ ބޮލުގައި އެއްޗެއް އަޅާތީ އެދުވަހުވެސް އަޅާލީކަމުގައިވެއެވެ. ނަމަވެސް މި ފޮޓޯއަށް މީހުންގެ ސަމާލުކަން އެހާ ބޮޑަށް ލިބުނީ ދިވެހިރާއްޖެއަކީ އިސްލާމީ ޤަޢުމަކަށްވެފައި އަދި ރާއްޖޭގައި ދިވެހިން ބުރުގާ އަޅާގޮތާ މުޅިން ޚިލާފަށް ބުރުގާ އަޅާފައިވާ ކަމަށް ވުމުން ކަމަށް ބެލެވެއެވެ.
އިތުބާރުހުރި ތިން މަސްދަރަކުން "ދުވަސް" އަށް މަޢުލޫމާތު ދީފައިވާގޮތުގައި މިހާރު މިގޮތަށް ބުރުގާ ނޭޅުމަށް އެމީހާއަށް ނަސޭޙަތްތެރިވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް