މަކަރާއި ހީލަތުން މުދަލަށް އަރައިގަތުމަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ވަރަށްބޮޑު އިޖުތިމާޢީ ބައްޔެއް: ޚުތުބާ

ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ވަރަށްބޮޑު އިޖުތިމާޢީ ބައްޔެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. ޚުތު...

22 Jan 2021 | 09:00

ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ވަރަށްބޮޑު އިޖުތިމާޢީ ބައްޔެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ މިބަލީގެ ސަބަބުން ގެއްލިގެންދަނީ ހަމައެކަނި ވަކިވަކި ފަރުދުންގެ ހައްގުތައް ނޫން ކަމަށެވެ. އަދިި މިބޮޑު ޖަރީމާގެ ސަބަބުން ވިޔަފާރިތަކާއި ކުންފުނިތަކާއި ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބެމުންދާ ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

" ދިވެހި މުޖުތަމަޢުގައި ފާހަގަކުރެވޭ ކަންކަމަށް ބަލާއިރު، މަގުމަތިން ހިނގާފައިދާ މީހުންގެ ދަބަސް ޖަހައިގަނެގެން ފިލުމާއި ގެއާއި އެހެނިހެން ތަންތަނުގައި މޯބައިލް ފޯނު ބާއްވާފައި އޮއްވާ ވަގަށް ނެގުން ހިމެނޭ." ޚުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ހަނދާންނެތިގެން ޓެކްސީގައި ބޭއްވޭ ދަބަހާއި ފޯނު ފަދަ އަގުބޮޑު ތަކެތި ވަގަށް ނެގުމާއި މަގުމަތީގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ވަގަށް ނެގުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް