ދިރާގުން ސެމްސަންގް ގެލެކްސީ އެސް 21 5ޖީ ސީރީޒްގެ ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ އިއްޔެއިން ފެށިގެން ދިރާގު މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 21 ފޯނަށް އޯޑަރު ދެވޭނެ ކަމަށެވެ. ޕްރީ އޯޑަރަށް ހުޅުވާލުމާއި އެކު ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ.
ސެމްސަންގެ މި ސީރީޒަކީ 5ޖީ ނެޓްވޯކުގެ ފޯނަކަށް ވާއިރު، ފޯނުތަކުގައި ދިރާގުގެ 5ޖީ ސިމާއި އީ-ސިމް ބޭނުން ކުރެވޭނެ އެވެ. ދިރާގުން ގެލެކްސީ އެސް 21 ގެ ފޯނުތައް ވިއްކަނީ ތިން އަގެއްގައި އެވެ.
އެއީ ސެމްސަންގް ގެލެކްސީ އެސް 21 އެއް 18،559 ރުފިޔާއަށް، ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް، 256ޖީބީ 23،199 ރުފިޔާއަށް އަދި ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ، 256ޖީބީ 27،859 ރުފިޔާ އަށެވެ.
އެ ކުންފުނިން ފޯނު ޕްރީ އޯޑަރަށް ހުޅުވާލުމައި އެކު ފޯނު ގަންނަ ދިރާގު ކަސްޓަމަރުންނަށް ހަ މަސް ވަންދެން ކޮންމެ މަހަ 10 ޖީބީ ޑޭޓާ ލިބޭނެ އެވެ. ޕްރީއޯޑަރު ކުރާ ކޮންމެ ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާއަކާ އެކު ސްމާޓް ޓެގެއްގެ އިތުރުން ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިން ހިލޭ ލިބޭނެ އެވެ.
ސެމްސަންގުން ބުނެފައިވާ ގޮތުގައި ގެލެކްސީ އެސް 21 ޕްލަސް ސީރީޒްގެ ފޯނުތަކަކީ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ހާއްސަ ފޯނުތަކެވެ. މި ފޯނުތަކުގައި 8ކޭ ރިޒޮލިއުޝަންގެ ވީޑިއޯ ނެގޭއިރު ވީޑިއޯ ނަގަމުން ފޮޓޯ ނެގޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް