މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް، ފިލްމީ ތަރި އަހްމަދު ޒިޔާ އާއެކު އެންގޭޖް ވެއްޖެއެވެ.
މިކަން ހާމަކޮށް ޝިދާތާ ވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ޕޯސްޓެއް އާންމުކޮށްފައެވެ.
އެ ޕޯސްޓްގައި މިރޭގެ ތާރީހާއެކު ބުނެފައިވަނީ މިއީ ދިރިއުޅުމުގެ އާ ދަތުރެއް ކަމަށާއި އާ ފެށުމެއް ކަމަށެވެ. ހިތް ވަނީ އުފަލުން ފުރިފައި ކަމުގައިވެސް ޝިދާތާ ބުނެފައިވެއެވެ.
މިކަމުގައި ޝިދާތާ އަދި ޒިޔާގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް ޝިދާތާ އާއި ޒިޔާއަށް މި ދެމީހުންގެ އެކުވެރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ ކުރިއަށް ގޮސްފައިވަނީ އެންގޭޖްމަންޓް ރަސްމިއްޔާތެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް