ބީއެމްއެލްގެ ސީއީއޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޓިމޮތީ ސޯޔަރ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. ބީއެމްއެލްގ...

22 Jan 2020 | 15:26

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޓިމޮތީ ސޯޔަރ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ބީއެމްއެލްގް ސީއީއޯގެ އިހުތިރާމްގެ މި ޒިޔާރަތް ކުރައްވާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

https://twitter.com/mvpeoplesmajlis/status/1219991788745711617

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ޓިމް ސޯޔަރ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގައެވެ.

ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަޤްވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް