ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެ

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެއެވެ. ބަންޑުން ޖަހާލާފައިވަނީ ނޮކު މޯލްޑިވްސް އައިލެންޑް ރިސޯޓަށް ގެސްޓުން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. ...

22 Jan 2020 | 15:15

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ބަންޑުން ޖަހާލާފައިވަނީ ނޮކު މޯލްޑިވްސް އައިލެންޑް ރިސޯޓަށް ގެސްޓުން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. ބަންޑުން ޖަހާލީ އެ ރިސޯޓުގެ ނެރުމައްޗަށެވެ. މިކަން ހިނގާފައިވަނީ ހަވީރު 5:48 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ލޯންޗުން ދަތުރުކުރީ ޖުމްލަ ހަތް މީހުންނެވެ. އެއީ ދެ ގެސްޓުންނާއި ހަތަރު ފަޅުވެރިން އަދި ރިސޯޓުގެ މަސައްކަތެއް ކުރަން ދިޔަ މީހެކެވެ.

"މި މައުލޫމާތު ލިބުމާއި ގުޅިގެން ރިސޯޓްގެ ފަރާތުން ޑިންގީއެއް އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތް ކޮށްގެން ވަނީ ރިސޯޓަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.

ނިޔާވީ އުމުރުން 51 އަހަރުގެ މީހެކެވެ. އެއީ އެ ރިސޯޓަށް މަސައްކަތްކެއް ކުރުމަށް ދިޔަ މީހެކެވެ. އޭނާ ނިޔާވީ ގިނައިން ލޮނު ބޮވުމުގެ ސަބަބުން ހޭނާރާ ގިނަ އިރުތަކެއް ވުމަށްފަހު ކަމަށާއި އޭނާގެ މަރު ނ. މަނަދޫ ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް