އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ރައުޔަކަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލް ކުރައްވާ ނެރުއްވި ބަޔާނުގައި އެވެ.
އަމީން ވިދާޅުވީ އަންހެނުން ހިތާނު ކުރަމަކީ ސަރުކާރުން ހިތްވަރުދޭ ކަމެއް ނޫންކަމަށެވެ. އެކަމަކު އެޗްޕީއޭއިން މިފަދަ ސިޓީއެއް އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން ޖެހުނު ސަބަބެއް ނޭނގެ އެވެ.
https://twitter.com/MoHmv/status/1219956773081116672
މިނިސްޓަރު އަމީންގެ މި ނިންމެވެން އައިއިރު، އެޗްޕީއޭގެ ސިޓީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔަކަށް ވެސް އެދިފަ އެވެ.
މި މައްސަލައިގަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމީ ޝަރީއަތުގައި ނެތް ކަމަށެވެ.
https://twitter.com/maumoonagayoom/status/1219949242107580416
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް