ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެ މައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް އަންގަވައިފި އެވެ.
ރައީސް އެގޮތަށް ބަދަލުދޭން ނިންމެވީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރާގޮތަށް ނިންމުމަށް ފަހު އެވެ. އެކަމަކު ދީބާޖާއަށް ފައިސާ ދޭން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދީފައި ނުވާތީ އެ ކުންފުނިން ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ އޮތީ ހުށަހަޅާފައި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ރައީސްގެ ނިންމެވުމާއި އެއްގޮތަށް އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެ އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ ދީބާޖާއަށް ބަދަލުދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާއި މެދު އާންމުންގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.
https://twitter.com/AGOmv/status/1219898908085612545
އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް