ޖިންސީ ގޯނާގެ މައްސަލަތަކެއް ނޫސްވެރިޔަކާ ދެކޮޅަށް

ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ނޫސްވެރިޔަކާއި ދެކޮޅަށް ހުށަހަޅާފައިވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ. އެގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅު...

22 Jan 2020 | 08:33

ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ނޫސްވެރިޔަކާއި ދެކޮޅަށް ހުށަހަޅާފައިވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.

އެގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ2011 ވަނަ އަހަރުން ފެށިގެން އަންހެން ކުއްޖަކާއިމެދު އޭނާގެ ޅިޔަނުގެ ފަރާތުން ޖިންސީ އަނިޔާ ލިބެމުންދާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

"2011 ވަނަ އަހަރު މި އަންހެން ކުއްޖާގެ އުމުރަކީ 11 އަހަރު" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މި މަހުގެ 17 ވީ ހުކުރު ދުވަހު މި މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް، ތުހުމަތު ކުރެވޭ ފަރާތް (މިހާރު 30 އަހަރުގެ ދިވެހި ފިރިހެނެއް) ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މި ނޫސްވެރިޔާގެ އިތުރު މައްސަލަތަކެއް މީގެ ކުރިން ހުށަހެޅިފައިވާކަން ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެ މައްސަލަތަކަކީ ތަފާތު މީހުން ޖައްސާފައިވާ މައްސަލަ ކަމާއި އެ މައްސަލަތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ އިތުރު "ވިކްޓިމްސް" ހުށަހަޅާފައިވާ މައްސަލަތައްވެސް ހިމެނޭ ކަން ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި ނޫސްވެރިޔަކީ ސަންގު ޓީވީގެ ކުރީގެ ޕްރެޒެންޓަރ އަލީ ޝިފާޒް އެވެ. މި ނޫސްވެރިޔާ ސަންގު ޓީވީގެ ވަޒީފާއިން މި ހަފްތާގެ އާދީއްތަ ދުވަހު ވަނީ ވަކިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް