ފަޔާޒު އަނެއްކާވެސް އީސީއަށް ކުރިމަތިލަނީ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރީގެ އެ ކޮމިޝަނުގެ ނައިބު ރައީސްކަން ކޮށްފައިވާ އަހުމަދު ފަޔާޒު ކުރިމަތިލައްވަން ނިންމަވައިފި އެވެ. ރައީސް އޮފީހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަ...

22 Jan 2020 | 08:33

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރީގެ އެ ކޮމިޝަނުގެ ނައިބު ރައީސްކަން ކޮށްފައިވާ އަހުމަދު ފަޔާޒު ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އެއީ އެކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމްގެ މެންބަރު ކަމުގެ ދައުރު އަންނަ މާޗު މަހުގެ23 ވަނަ ދުވަހަށް ހަމަވާތީ އެވެ.

ފަޔާޒު ވިދާޅުވީ  ﷲގެ ވާގިފުޅާއެކު އިލެކްޝަންސް ކޮމިޝަން ގެ މެމްބަރުކަމަށް ކުރިމަތިލާން ނިންމައި އެކަމުގެ ފަތްތޫރަ ހިންގާ ކަމަށެވެ.

https://twitter.com/phayadh/status/1219331734199619584

ފަޔާޒަށް އީސީގެ މެންބަރުކަން ގެއްލުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލައެއްގައި އޭނާގެ މަގާމު ހުސްވެއްޖެ ކަމަށް އެ ކޯޓުން ކަނޑައެޅީ 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭނެ ކަމަށް ބުނެފައި ނުވަނީސް އެކަން ކުރުމުން ނެވެ.

ފަޔާޒުގެ އިތުރުން އޭނާ އާއި އެކު މަގާމު ގެއްލުނު އޭރުގެ އީސީގެ ރައީސް ފުވާދު ތައުފީގުވެސް މިހާރު އަނެއްކާވެސް ވަނީ އީސީގެ މެންބަރަކަށް ވެވަޑައިގެންފަ އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ31 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް