ޖަލުތައް އިސްލާހު ކުރުމުގެ މަސައްކަތް އާ ސީޕީ އާއި އެކު ކުރިޔަށް ދާނެ: އިމްރާން

ޖަލުތަކުގައި އިސްލާހު ކުރުމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާކަންކަން އަލަށް އައްޔަން ކުރެއްވި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅާއި އެކު ކުރިޔަށް ދާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް...

22 Jan 2020 | 05:19

ޖަލުތަކުގައި އިސްލާހު ކުރުމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާކަންކަން އަލަށް އައްޔަން ކުރެއްވި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅާއި އެކު ކުރިޔަށް ދާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ މުނާޒު މަގާމުން ވަކިކޮށް އަހުމަދު ޖަލުތަކުގެ ވެރިޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ އިއްުޔެ އެވެ. އޭގެ ކުރިން އަހުމަދު ހުންނެވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައި އެވެ.

އަހުމަދު މަގާމަށް އައްޔަން ކުރެއްވުމުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޖަލުތައް އިސްލާހު ކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ. އަދި ޖަލު އޮޑިޓް ރިޕޯޓުގައި ރަނގަޅު ކުރަން ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރުމަށް އާ ސީޕީ އާއި އެކު ހަލުވިކޮށް ކުރިޔަށް ދާނެ ކަމަށެވެ.

މީގެ އިތުރުން އިމްރާންގެ ޓުވީޓުގައި ވަނީ ކުރީގެ ސީޕީ މުނާޒު ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

https://twitter.com/ShimranAb/status/1219633006958301187

މުނާޒު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރައްވާފައި ހުންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ. މުނާޒު މަގާމުން ވަކިކޮށްފައި މިވަނީ ޖަލުލަތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެކަންކަން އިސްލާހު ކުރަން މުނާޒު މަސައްކަތް ނުކުރައްވާ ކަމަށް އާންމުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް