"ނޭޝަނަލް ވަން ސްޓޮޕް ސާވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމައިފި

ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް "ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން...

21 Dec 2021 | 18:17

ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް "ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވައިފި އެވެ.

މިގޮތަށް ނިންމީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެވެ.

މި ހިދުމަތުގެ ދަށުން ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ޚިދުމަތް ޤާއިމް ކުރެވޭނެއެވެ.

އެގޮތުން މި ނިންމުން ކަނޑައަޅާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް