ގުރޫ ރަންދަވާ އަދި ނޯރާ ފަތޭހީގެ ޑާންސް މޭރީ ރާނީ ލަވަ ލޯންޗުކޮށްފިއެވެ.
މި ލަވަ ޓީސީރީޒްގައި ލޯންޗުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މިހާތަަނަށް ޔޫޓިއުބްގައި 11 މިލިޔަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ މި ލަވައިގާ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ހިޕްސް ޑޯންޓް ލައި ލަވައިގެ ކޮރެއޯގްރަފީއާއި ނޯރާގެ ޑާންސް ސްޓެޕްސްތަކާއި ޝަކީރާގެ އެ ލަވައިގާ ޝަކީރާ ހެދުން އެޅި ގޮތާއި މި ލަވައިގައި ނޯރާ ހެދުން އެޅިގޮތް އެއްގޮތް ވުމެވެ.
https://www.youtube.com/watch?v=G-XMiVMlLRI
މި ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އިންޑިއާގެ ބައެއް މީޑިއާތަކުންވެސް ރިޕޯޓްކޮށްފައިވަނީ ނޯރާއަކީ ހިންދީ ޝަކީރާ ކަމަށެވެ.
ނޯރާ ފަތޭހީއަކީ އޭނާގެ ނެށުމުގެ ޖާދޫގައި އެތައް ބަޔަކު ޖައްސަމުން އަންނަ ކުޅަދާނެ ނެށުންތެރިއެކެވެ. ކެނެޑާއަށް އުފަން ނޯރާގެ ގިނަ ލަވަތަކަކީ ވަރަށް ހިޓް ލަވަތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް