މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ 29 މައްސަލަ ހުށަހެޅި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް 184 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 84 މައްސަލަ އަކީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކެވެ.
ޖެންޑާއިން ބުނީ 29 މައްސަލަ އާއި އެކު އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށެވެ. ދެން އެންމެ ގިނައީ ކުޑަ ކުދިންނާ މެދު އިހުމާލުވުމުގެ މައްސަލަކަމަށާއި އެ ބާވަތުގެ 21 މައްސަލަ ހުށަހެޅި ކަމަށެވެ.
ޖިސްމާނީ ހާނިއްކައިގެ 17 މައްސަލައަކާއި، ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ މިދިޔަ މަހު ހުށަހެޅިފައިވެއެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ ފަސް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ އާއި ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ ވެސް ވަނީ ހުށަހެޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް