100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާކޮށްފި

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ނުވަ މީހުންނާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. މި މަސްތުވާތަކެއްޗަކީ ސަފާރީއެއްގައި ރާއްޖެ އެތެރެކޮށް، އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރ...

21 Dec 2021 | 11:14

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ނުވަ މީހުންނާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

މި މަސްތުވާތަކެއްޗަކީ ސަފާރީއެއްގައި ރާއްޖެ އެތެރެކޮށް، އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފެނުނު ތަކެއްޗެކެވެ. މި ތަކެތި ހޯދީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ އޮކްޓޯބަރު މަހުގެ13 ވަނަ ދުވަހު އެވެ.

މި މައްސަލައިގަ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ

1. ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު

2. ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ޙަބީބު

3. ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު

4. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން

5. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ

6. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު

7. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް

8. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

މީގެ ތެރެއިން މިދުޙަތު، ސިރުޙާން، ޖުމާން މުސްޠަފާ އަދި މުޙައްމަދު އަޙްމަދުގެ އިތުރުން އެމް.ޑީ ރަފީޤުލް އިސްލާމް އާއި ދެކޮޅަށް ވަނީ ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އުފުލާފަ އެވެ. އަދި މުހައްމަދު ހުސައިންގެ މައްޗަށް ވަނީ ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާ އުފުލާފަ އެވެ.

މި މައްސަލައިގަ ދެން ދައުލަުން ދައުވާ އުފުލާފައިވަނީ އެ އެއްޗެހި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ އަހުމަދު ސިރުހާން ޝަމީމްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް