މާސްކެއްގެ ގޮތުގައި ޖަންގިޔަލެއް އެޅި މީހާ އަނެއްކާވެސް ފްލައިޓަކުން ބާލުވައިފި

އެމެރިކާގެ ފްލޮރިޑާ ފިރިހެނަކު ފްލައިޓުގައި މާސްކުގެ ބަދަލު ޖަންގިޔަލެއް އަޅައިގެން އިނުމުން ބާލައިފި އެވެ. އެމީހާ ދަތުރު ކުރީ ޔުނައިޓެޑް އެއާލައިނުންނެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ގަދަ ރަތް...

21 Dec 2021 | 10:53

އެމެރިކާގެ ފްލޮރިޑާ ފިރިހެނަކު ފްލައިޓުގައި މާސްކުގެ ބަދަލު ޖަންގިޔަލެއް އަޅައިގެން އިނުމުން ބާލައިފި އެވެ.

އެމީހާ ދަތުރު ކުރީ ޔުނައިޓެޑް އެއާލައިނުންނެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ގަދަ ރަތް ކުލައިގެ ޖަންގިޔަލެއް އަނގަޔާއި ނޭފަތް ނިވާވާގޮތަށް އޭނާ އަޅައިގެން އިންނަތަނެވެ. އެކަމަކު އެ ޖަންގިޔަލުން ދަތްދޮޅި ނިވައެއް ނުވެ އެވެ.

އެއާލައިންގެ އޮފިޝަލުން އޭނާ ފްލައިޓުގައި އިންދަ ކައިރިއަށް ގޮސް ބުނެފައިވަނީ އެމީހާ އެއިނީ މާސް އެޅުމަށް އެމެރިކާގައި ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް ކަމަށެވެ. އެހެންވެ ފްލައިޓުން ފޭބުމަށް އަންގަ އެވެ.

އޭނާ ފްލައިޓުން ފޭބުމުން އެހެން ބައެއް މީހުން ވަނީ އެމީހާއަށް ތާއީދު ކުރުމުގެ ގޮތުން ފްލައިޓުން ފައިބާފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް އެއާލައިނުން ވަނީ އެމީހާ މީގެ ފަހުން އެ އެއާލައިންގެ ފްލައިޓުތަކަށް އެރުން މަނާކޮށް ބޭން ކޮށްފައިވާ ކަމަށް އީމެއިލް މެދުވެރިކޮށް އަންގާފަ އެވެ.

އެ ފިރިހެން މީހާ މީޑިއާގައި ބުނީ އެއީ ކުށެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މާސްކް އެޅުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ގަވައިދުތަކާއި ހިލާފު ނުވާ ކަމަށެވެ. އެމީހާ ބުނީ މިއީ އޭނާ މާސްކުގެ ބަދަލު ޖަންގިޔާ އަޅައިގެން ފްލައިޓަކުން ބޭލި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

މީގެ ކުރިން އޭނާ ބޭލުވީ ޑެލްޓާ އެއާލައިނުގެ ފްލައިޓަކުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް