މާލޭގައި މިއަދު އެކަނި 57 ކައިވެނި ކުރަން ރަޖިސްޓަރ ކޮށްފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.
މީގެ ތެރެއިން 28 ކައިވެންނެއް ކުރަން ހަމަޖެހިފައި ވަނީ ކޯޓުގައެވެ. އަދި ބާކީ 29 ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ކޯޓުން ބޭރުގައެވެ.
ރީތި ތާރީޚު ތަކާއި ދިމާކޮށް ކައިވެނި ކުރުމަކީ އާންމުކޮށް މީހުން ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން މިއީ މިއަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފެމިލީ ކޯޓުގައި ކައިވެނި ކުރާ ދުވަހެވެ. މިއަދުގެ ތާރީޚު 2021/12/21 އަކީ މި އަހަރުގެ އެންމެ ރީތި ތާރީޚެވެ.
އެހެންކަމުން، މިއަދު ރާއްޖޭގެ އެކި ކަން ކޮޅުތަކުގައި ގިނަ ކައިވެނި ތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
ފެމެލީ ކޯޓުން މިއަހަރުގެ މިހާތަަނަށް އައި އިރު 2،308 ކައިވެންޏެއް ކޮށްދީފައި ވެއެވެ.
މިދިޔަ އަހަަރަށް ބަލާލާއިރު އެންމެ ގިނަ ކައިވެނި ތަކެއް ކޮށްދީފައި 2020/02/20 ގައެވެ. އެ ދުވަހު 66 ކައިވެންޏެއް ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް