ވަޅޯ މަސްތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު 10 ދުވަަހަށް ބަންދުކޮށްފި

ވަޅޯ މަސްތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ...

21 Dec 2021 | 07:23

ވަޅޯ މަސްތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އޭނާ ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު، މާލޭ މަސްމާރުކޭޓު ސަރަހައްދުން ވަޅޯމަސްތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގެވެ.

ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ގާތުގައި، އެއީ އޭނާއާ އެހެން މީހަކު ވިއްކަން ހަވާލުކުރި ވަޅޯމަސްތަކެެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ނަމަވެސް ފުލުހުން ތުހުމަތުކުރަނީ އޭނާ ވަޅޯމަސްތަކެއް ވަގަށް ނަގައި އެ ތަކެތި ވިއްކަން އުޅުނު ކަމަށެވެ. އޭނާ ވަނީ އެކަމަށް އިންކާރުކޮށް، ވަގަށް ނަގާފައިވާ ވަޅޯމަސްތަކާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމުގައި ބުނެފައެވެ.

ކޯޓުން ހާމަކުރާގޮތުގައި ފުލުހުންގެ ހާދިސާ ހިނގި ގޮތުގެ ރިޕޯޓަށް ބަލާއިރު، ތުހުމަތުކުރާ ކުށުގެ އަމަލު އޭނާ ހިންގި ކަމަށް ތުހުމަތުކުރެވޭ މިންވަރަކަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ. ހަމަ މިއާއެކު، އޭނާ އަކީ ބަންދާއި ކުށުގެ ރެކޯޑު ގިނަ މީހެއްކަން ކްރިމިންލް ކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް