ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކޮންމެ15 މިނެޓަރަކުން ބަސް ދަތުރުބައްވަން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މި އުސޫލަށް އަމަލު ކުރަން ފެށީ މިއަދު ކަމަށެވެ. މީގެ ކުރިން އެ ސަރަހައްދަށް ބަސް ދަތުރު ކުރަނީ ކޮންމެ30 މިނެޓަކުންނެވެ.
ދެވަނަ ފިޔަވަހީގެ ބަސްސްޓޮޕުން ފުރަތަމަ ބަސް ދަތުރު ފަށާނީ ފަތިހު 5:45 ގައެވެ. އެއަށްފަހު ކޮންމެ 15 މިނެޓަކުން ބަސް ދަތުރެއް އޮންނާނެ ކަމަށާއި އެންމެ ފަހު ބަސް ދަތުރު ފަށާނީ ރޭގަނޑު 12:15 ގައި ކަމަށް މައުލޫމާތުދެ އެވެ.
އަލަށް އާބާދުވަމުންދިޔާ ދެވަަނަ ފިޔަވައްސާއި ހިޔާ ފްލެޓުތަކަށް ބަސް ދަތުރު އިތުރު ކޮށްފައި މިވަނީ ޑިމަންޑާއި އެއްވަރަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ކުރިޔަށް އޮތްތާ އިތުރު ބަދަލުތައް ބަސް ދަތުރުތަކަށް ގެންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ހިޔާ ފްލެޓުތަކުގައި މިހާރުވެސް1،500 އަށްވުރެ ގިނަ އާއިލާ ދިރިއުޅެވެ. އަދި އެއްކޮށް އެތަން އާބާދުވެ ނިމޭއިރު35،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށް ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް