ޔޫރަޕްގެ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ކޮންފަރެންސް ލީގުން އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށްް ފުރުސަތު ގެއްލިއްޖެ އެވެެ.
ޓޮޓެންހަމަށް މި މުބާރާތުގެ ފުރުޞަތު ގެއްލުނީ ފްރާންސްގެ ރެންސްއާ ދެކޮޅަށް ކުޅެން އޮތް ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކޮވިޑާ ގުޅިގެން ނުކުޅެން އެޓީމުން ނިންމުމުންނެވެ.
ކޮވިޑްގެ ކޭސްތައް ގިނަވެ ޓޮޓެންހަމް އިން ރެންސްއާއި ދެކޮޅަށް ކުޅެން އޮތް މެޗު ނުކުޅެ ދޫކޮށްލުމުން އެ މައްސަލަ ޔޫއެފާ އިން ބެލުމަށް ފަހު، ޔޫއެފާއިން ނިންމީ 0-3 ގެ ނަތީޖާއިން ރެންސް މޮޅުވިކަމަށް ނިންމާ ތިން ޕޮއިންޓާއި އެކު އެ މެެޗު ރެންސް އަށް ދިނުމަށެވެ. އެގޮތުން ރެންސްއަށް މި މެޗުން ދިން ޕޮއިންޓާއި އެކު ގުރޫޕް ސީގެ އެއްވަނައަށް އެޓީމު ޖެހިލިއިރު، ޓޮޓެންހަމް އަށް ލިބުނީ ތިންވަނައެވެ. އެހެން ކަމުން ޓޮޓެންހަމަށް ދެން މި މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމުގެ ފުރުސަތެއް ނެތެވެ.
ޓޮޓެންހަމްގެ 13 ކުޅުންތެރިއަކު ކޮވިޑަށް ފައްސިވެ ރެންސްއާއި ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށް ދިނުމަށް ޔޫއެފާގައި އެދުނު ނަމަވެސް ޔޫއެފާއިން އެ މައްސަލަ ބެލުމަށް ފަހު ނިންމީ އެ މެޗު ފަސްކޮށްދެވެސްނެތް ކަމަށެވެ.
ޔޫއެފާގެ މި ނިންމުމާއި ގުޅިގެން ޓޮޓެނަހްމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ކުލަބުން ބުނީ މިފަގަ ހާލަތެއްގައި ޔޫއެފާއިން ނިންމި އެ ނިންމުން ބަލައެއް ނުގަނެވޭނެ ކަމަށެވެ. ނަމަވެސް ޔޫއެފާގެ ނިންމުން ތަކަށް އަބަދުވެސް އިހުތިރާމް ކުރާކަމަށް އެ ކުަލަބުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް